ރާއްޖެއަށް މި އަހަރު ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ހަ ލައްކައާ ގާތްކޮށްފިއެވެ.
ޓޫރިޒަމް މިނިސްޓްރީން ނެރުނު ތަފާސް ހިސާބްތައް ދައްކާ ގޮތުން މި އެޕްރީލް މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް މި އަހަރު ރާއްޖެއަށް 592.605 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާ ކަމަށެވެ.
ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ނިސްބަތް މިދިޔަ އަހަރާ އަޅާބަލާއިރު 20 އިންސައްތަ ކުރީގައި އުޅޭއިރު، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން އެވްރެޖުކޮށް 8.0 ދުވަސް ރާއްޖޭގައި މަޑުކުރެއެވެ.
މީގެއިތުރުން ރާއްޖެއަށް އެވްރެޖުކޮށް ދުވާލަކު 5.810 ފަތުރުވެރިން ޒިޔާރަތް ކުރާ ކަމަށްވެސް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.
Post Views: 69