ގުރައިދޫ ދާއިރާގެ ތާރީހު ބަދަލުކޮށް، އެމްޑީޕީން ގޮނޑި ކާމިޔާބުކޮށްފި

ce4208c9-a450-4a61-8c4f-20314f0b248d

ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް ޝާޒް ކާމިޔާބުކުރައްވައިފިއެވެ.

އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ގުޅީގައި ބެހެއްޓި ފޮށި ފިޔަވައި އެހެން ވޯޓުފޮށިތަކުން ލިބުނު ނަތީޖާތަކަށް ބަލާއިރު ޝާޒް ވަނީ 1،340 ވޯޓު ހޯއްދަވާފައެވެ. ވާދަވެރި ޕީޕީއެމްގެ ކެންޑިޑޭޓް ރިޒާއަށް ލިބިފައި ވަނީ 1،226 ވޯޓެވެ. އަދި އެމްއެންޕީގެ ކެންޑިޑޭޓަށް ލިބިފައި ވަނީ 128 ވޯޓެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ، މި އިންތިހާބުގައި 3،423 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާއިރު، އޭގެ ތެރެއިން މިއަދު ވޯޓުލާފައިވަނީ 2،755 މީހުން ކަމަށެވެ. އަދި އެއީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ %80.4 ކަމަށް އިލެކްޝަންސް އިން ބުނެއެވެ.

މިއީ ގުރައިދޫ ދާއިރާގެ މަޖިލިސް ގޮނޑި އެމްޑީޕީން ކާމިޔާބުކުރި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *