ޓެކްސީ ޑްރައިވަރުގެ މަރު: އަދުހަމް މެރުމަށް ހުކުމްކޮށްފި

big_9wV0xFkAcQBu2YdsHYlk11rEo

ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލި މައްސަލައިގައި ދައުވާކުރި އަދުހަމް މުހައްމަދު މަރާލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

ގަސްތުގައި މީހަކު މެރުމުގެ ކުށް ސާބިތުވާ ކަމަށް އަދުހަމްގެ މައްޗަށް ހުކުމް ކުރީ މިދިޔަ މަހުގެ 19 ވަނަ ދުވަހު ކަމަށްވާއިރު، އޭނާގެ މައްޗަށް ކްރިމިނަލް ކޯޓުން މަރުގެ ހުކުމް މިއަދު އިއްވީ ހުރިހާ ވާރިސުން އޭނާ މެރުމަށް ހެކިބަސްދީފައިވާތީއެވެ.

ޓެކްސީ ޑްރައިވަރު ގާސިމް މަރާލާފައި އޮއްވާ ފެނުނީ ޑިސެމްބަރު 4، 2019 ވަނަ ދުވަހެވެ. އަދި މި މައްސަލައިގައި އަދުހަމް ހައްޔަރު ކޮށްފައި ވަނީ އޭގެ 15 ދުވަސް ފަހުން ކަމަށްވާއިރު، ތަހުގީގު މަރުހަލާގައި އޭނާ ވަނީ ކުށަށް އިއުތިރާފްވެސް ވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *