ބ.މާޅޮސް ފެނުގެ ނިޒާމް ގާއިމުކުރުން ބާރަށް ކުރިއަށް

Screenshot 2023-04-16 133009

ބ.މާޅޮސް ފެނާއި ނަރުދަމާގެ ނިޒާމް ގާއިމުކުރުމުގެ މަސައްކަތް ބާރަށް ކުރިޔަށްދާ ކަމަށް އެ މަޝްރޫއު ކުރިޔަށް ގެންދާ އެމްޑަބްލިއުއެސްސީން ބުނެފިއެވެ.

އެމްޑަބްލިއުއެސްސީން ބުނީ، މަޝްރޫއުގެ ދަށުން ފެން ޕްލާންޓްތައް ބެހެއްޓުމުގެ މަސައްކަތް ނިމިފައިވާ ކަމަށާއި، މިހާރު ކުރިޔަށްދަނީ ޕަމްޕް ސްޓޭޝަންގެ މަސައްކަތް ކަމަށެވެ.

މި މަޝްރޫއުގެ ދަށުން ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތުގެ ދަށުން މާޅޮހުގައި 4.94 ކިލޯމީޓަރުގެ ދިގު ފެންހޮޅީގެ މައި ނެޓްވޯކް ގާއިމު ކުރުމާއި އާރް.އޯ ފެސިލިޓީ ބިލްޑިން އިމާރާތް ކުރުމާއި ފެން އުފެއްދުމަށްޓަކައި 2 އާރް.އޯ ޕްލާންޓް ބެހެއްޓުމާއި، ރައްކާތެރިކަމަށްޓަކައި 3 ތާންގީ ބެހެއްޓުމުގެ މަސައްކަތް ހިމެނެއެވެ. އަދި ގޭގޭގައި ފެންމީޓަރު ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، އެ ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދެވިގެންދާނެއެވެ.

ނަރުދަމާގެ ނިޒާމު ގާއިމު ކުރުމުގެ މަސައްކަތުގެ ދަށުން އެރަށުގައި 4.50 ކިލޯމީޓަރުގެ ދިގު ނަރުދަމާގެ މައި ނެޓްވޯކް ގާއިމުކުރުމާއި 250 މީޓަރުގެ ޕަންޕިން ލައިން އެޅުމާއި، 2 ޕަންޕިން ސްޓޭޝަނާއި ސީ އައުޓްފްލޯއެއް ގާއިމުކުރުމުގެ މަސައްކަތް ކުރާނެއެވެ.

މީގެ އިތުރުން، ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައިދީ، އެ ގެތަކަށް ނަރުދަމާގެ ހިދުމަތް ފޯރުކޮށްދެވޭނެ ކަމަށް އެމްޑަބްލިޔުއެސްސީން ބުނެއެވެ.

މި މަޝްރޫއަށް 60.45 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށްވެސް އެމްޑަބްލިއުއެސްސީން ބުނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *