ރ.އަލިފުށީ މަގުތަކުގައި ތާރު އެޅުމަށް ޕްލޭނިންގ މިނިސްޓްރީން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށްފިއެވެ.
މި އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގު ސޮއިކުރެއްވިއިރު، އާރްޑީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު (މޫކޭ) އެެވެ.
މި މަޝްރޫއު އާރްޑީސީއާ ހަވާލުކޮށްފައި ވަނީ 540 ދުވަހުން ނިންމުމަށް 90.96 މިލިއަން ރުފިޔާއަށެވެ.
މަޝްރޫއުގެ ދަށުން އަލިފުށީގެ 3.8 ކިލޯމީޓަރު މަގުގައި ތާރު އަޅައި. މަގުތަކުގައި ފެން ހިންދާ ނިޒާމް ގާއިމްކޮށް، މަގުތަކުގައި މަގު ބައްތި ޖަހާނެ ކަމަށް ޕްލޭނިންގ މިނިސްޓްރީން ބުނެއެވެ.
Post Views: 90