ހދ.ކުމުންދޫ ބަނދަރު ތަރައްގީ ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފި

Ft-SP-paQAAulVJ

ހދ.ކުމުންދޫ ބަނދަރު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއު އެމްޓީސީސީސީއާ ހަވާލުކޮށްފިއެވެ.

މިއަދު ޕްލޭނިންގ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގް ސޮއިކުރެއްވިއިރިު، އެމްޓީސީސީން ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމްއެވެ.

މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ 570 ދުވަހުން ނިންމަން 71.37 މިލިއަން ރުފިޔާއަށެވެ.

މި މަޝްރޫއުގެ ދަށުން ރަށުގެ އިރުމަތީ ފަރާތުގައި މިހާރު ހުރި 154 މީޓަރު ވާޓަރު މަރާމާތު ކުރުމާއި، 154 މީޓަރު ޕޭމަންޓް މަރާމާތު ކުރުމާއި، ކޮޅުވެއްޓި ބޭނުން ކުރުމަށް ރޭމްޕެއް ޤާއިމު ކުރުމާއި، 100 ފޫޓު ޓީޖެޓީއެއް ޤާއިމު ކުރުން ހިމެނޭ ކަމަށް އެމްޓީސީސީން ބުނެއެވެ.

މީގެއިތުރުން އެމްޓީސީސީން ބުނީ، އުތުރު ފަރާތަށް 700 ފޫޓަށް ވާޓަރު އިތުރުކޮށް ބަނދަރު ބޮޑު ކުރުމާއި، 290 މީޓަރު ބޮޑުހިލަ ބޭރުތޮށިލުމާއި، 40 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓު ޖެހުމާއި، 60 މީޓަރުގެ ބޮޑު ހިލައިގެ ގްރޮއިން އަދި ބަނދަރު މަގުބައްތި ހަރު ކުރުމާއި، 120 މީޓަރު ކޮންކްރީޓް ޖެޓީ ގާއިމު ކުރުން މަޝްރޫއުގެ ދަށުން ހިމެނޭ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *