ގދ.ގައްދޫ ބަނދަރު ހެދުން ބާރަށް ކުރިއަށް

Ft-WKxHaQAEg0UN

ގދ.ގައްދޫ ބަނދަރު ހެދުމުގެ މަޝްރޫއުގެ މަސައްކަަތް ބާރަށް ކުރިޔަށްދާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ބުނީ، މަޝްެރޫއުގެ ދަށުން އެއްގަމުތޮށި ލުމުގެ މަސައްކަތް މިހާރު ވަނީ 39 އިންސައްތަ ފުރިހަމަކުރެވިފަފައި ކަމަށާއި، އަދި ހާބަރ ބްރިޖް އެޅުމުގެ މަސައްކަތް މިހާރު ވަނީ 10 އިންސައްތް ނިމިފައިވާ ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، 23,017 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 232 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 35 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 320 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 320 މީޓަރުގެ ސްކޯރިންގ އޭޕްރަންއެއް ހެދުމާއި، ބްރިޖެއް ހެދުމާއި، 1600 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީން ބުނެއެވެ.

އެމްޓީސީސީން ބުނީ، މަޝްރޫއަށް 40.2 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *