ކަރަންޓް ބޭނުންކުރުމުގައި އިތުރަށް ސަމާލުވާން ސްޓެލްކޯއިން އެދިއްޖެ

1548356916

ކަރަންޓް ބޭނުންކުރުމުގައި އިތުރަށް ސަމާލުވާން ސްޓެލްކޯއިން އެދިއްޖެއެވެ.

ސްޓެލްކޯއިން ބުނީ، މި ހިނގާ އެޕްރީލް އާއި މެއި މަހު ރާއްޖެއަށް އެންމެ ހޫނުގަދަ ދުވަސްތައް ކަމަށް ކަމާ ބެހޭ ފަރާތްތަކުން ލަފާކޮށްފައިވާ ކަމަށާއި، އަދި މި ދުވަސްތައް ރޯދަމަހާ ދިމާވުމުން ކަރަންޓް ބޭނުންކުރާ މިންވަރު ވަނީ އިތުރުވެފައި ކަމަށެވެ.

މިގޮތުން ތަފާސްހިސާބުތައް ދައްކާގޮތުން އެހެން ދުވަސްވަރުތަކާ ހިލާފަށް މި ދުވަސްތަކުގައި ޖައްވު ހޫނުވުމުގެ ސަބަބުން ރޭގަނޑުގެ ވަގުތުތަކުގައިވެސް ކަރަންޓް އުފައްދަންޖެހޭ މިންވަރު ވަނީ އިތުރުވެފައި ކަމަށް ސްޓެލްކޯއިން ބުނެއެވެ.

މިއާއެކު ކަރަންޓް ބޭނުން ކުރުމުގައި އިތުރަށް ސަމާލުވެ، ކަރަންޓް އިގްތިސާދު ކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ސްޓެލްކޯއިން ވަނީ އިލްތިމާސްކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *