ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރުން ހުޅުމާލޭ 2 ސަރަހައްދެއްގައި!

340045_3_c732ef463aa70b14fd5c296e5454ffc6bcb196a1_large

މި އަހަރުގެ ފިތުރު އީދު ނަމާދު ހުޅުމާލޭގެ ދެ ސަރަހައްދެއްގައި ބޮޑު ޖަމާއަތުގައި ކުރުމަށް ނިންމާފައިވާ ކަމަށް އާބަންކޯއިން ބުނެފިއެވެ.

އާބަންކޯއިން ބުނީ، އީދު ނަމާދުގެ ބޮޑު ދެ ޖަމާއަތް ހެދުމަށް ނިންމާފައި ވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވައްސާއި ފުރަތަމަ ފިޔަވަހީގައި ވަކިން ކަމަށެވެ.

މިގޮތުން ފޭސް އެކެއްގައި ބޮޑު ޖަމާއަތް ހެދުމަށް ކަނޑައަޅާފައި ވަނީ ސިންތެޓިކް ޓްރެކް ސަރަހައްދެއްގައި ކަމަށާއި، އެ ސަރަހައްދަށް އާންމުންނަށް ފަސޭހައިން ވަދެ ނިކުމެވޭނެ އިންތިޒާމު ހަމަޖެއްދުމުގެ ގޮތުން ޖަމާއަތަށް އަންހެނުންނާއި ފިރިހެނުން ވަކިން ވަނުމަށް ދެ އެންޓްރޭންސް ވަނީ ކަނޑައަޅާފައި ކަމަށް އާބަންކޯއިން ބުނެއެވެ.

މީގެއިތުރުން އާބަންކޯއިން ބުނީ އެ ގަޑީގައި އެ ސަރަހައްދުގެ ބައިބޯވުން އިތުރުވެ ޓްރެފިކްގައި ދިމާވެދާނެ ދަތިތައް ހައްލުކުރުމަށްޓަކައި ސައިކަލު ޕާކުކުރުމަށް ސެންޓްރަލް ޕާކު ސަރަހައްދު ވަނީ ކަނޑައަޅާފައި ކަމަށެވެ.

ދެވަނަ ފިޔަވަހީގައި ބޮޑު ޖަމާއަތް ހެދުމަށް ކަނޑައަޅާފައި ވަނީ ކްރިކެޓް ސްޓޭޑިއަމް ސަރަހައްދުގައެވެ. އެ ސަރަހައްދުގައި ވެސް އަންހެނުންނާއި ފިރިހެނުންނަށް ވަކިން ޖަމާއަތަށް ވަދެވޭނެ އިންތިޒާމު ހަމަޖައްސާފައިވާއިރު، ފޭސް 1 އަދި 2 ގައި ވެސް އާންމުންނަށް ވުލޫކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވާނެ ކަމަށް އާބަންކޯއިން ބުނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *