ބައިބަލާ ޗެލެންޖުގެ އޮފިޝަލް ޕާޓްނަރަކަށް އާބަންކޯ

983bb26b-b28e-49a6-84b4-134ef62d6e3d

ބައިބަލާ އެސޯސިއޭޝަންގެ ފަރާތުން ކޮންމެ އަހަރަކު ވެސް ބާއްވަމުންދާ ބައިބަލާ މުބާރާތުގެ އޮފިޝަލް ޕާޓްނަރަކަށް އަރބަންކޯއިން ސޮއިކޮށްފިއެވެ.

މިއަދު މި އެއްބަސްވުމުގައި އަރބަންކޯގެ ފަރާތުން ސޮއިކުރެއްވީ ޗީފް އޮޕަރޭޓިންގ އޮފިސަރ ޝާތިރު އަބްދުއްރަހުމާނެވެ. އަދި ބައިބަލާ އެސޯސިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ ޖެނެރަލް ސެކެޓްރީ އަލީ ސައީދެވެ.

އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖު މިފަހަރު ފެށުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 22 ވަނަ ދުވަހުއެވެ. ޖުމްލަ 35 ޓީމަކުން ބައިވެރިވާ މި ބައިބަލާ ޗެލެންޖު ކުރިއަށްދާނީ މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައި ވަނީ ހުޅުމާލޭގެ ސެންޓްރަލް ޕާކު ސަރަހައްދުގައެވެ.

މިއީ މި މުބާރާތް ހުޅުމާލޭގައި ބާއްވާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އަރބަން ސިޓީއެއްގެ ގޮތުގައި ހުޅުމާލެ ތަރައްގީކުރަމުން އަންނަ އިރު އަރބަންކޯއިން މަސައްކަތްކުރަމުން މި އަންނަނީ ރާއްޖޭގައި ކުޅޭ މިފަދަ ހުރިހާ ކުޅިވަރަކަށް ވެސް ފުރުސަތު ލިބޭނެ ތަނަކަށް ހުޅުމާލެ ހެދުމަށް ކަމަށް އެ ކުންފުނިން ބުނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *