އޮންލައިންކޮށް ފިތުރު ޒަކާތް ބަލައިގަތުން އިރުއޮއްސި 6:00 އަށް ހަމަވާނެ!

49898

މި އަހަރުގެ ފިތުރު ޒަކާތް އޮންލައިން ޕޯޓަލްތައް މެދުވެރިކޮށް ދެއްކުމުގެ މުއްދަތު މިއަދު އިރުއޮއްސި 6:00 އަށް ހަމަވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، ފައިސާއިން ފިތުރު ޒަކާތް ބަލައިގަތުން ރޯދަ މަހުގެ ފަހު ދުވަހުގެ ހަވީރު 5:30 އާ ހަމައަށް އިސްލާމިކް މިނިސްޓްރީގެ ހޯލުގައި، އަދި ގޮވާމުން ޒަކާތް ބަލައިގަތުން މިރޭ 10:39 އާ ހަމައަށް މަޖީދިއްޔާ ސްކޫލުގެ ސަލާހުއްދީން ހޯލުގައި ކުރިއަށްދާނެ ކަމަށެވެ.

ގޮވާމުގެ ގޮތުގައި ލިބިފައިވާ ޒަކާތް މިހާރު ވަނީ ބަހަން ފަށާފައިވާއިރު، އިއްޔެ މާލެ ސިޓީގެ ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުންނަށް ޒަކާތް ބަހަން ވަނީ ފަށާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *