ނ.ކެނދިކުޅުދޫ ގޭދޮށު މަސް ފެކްޓްރީގެ މަސައްކަތް ހަވާލުކޮށްފި

large_168214892758AGIx

ނ.ކެނދިކުޅުދޫގައި ގާއިމުކުރާ ގޭދޮށު މަސް ފެކްޓްރީ އިމާރާތް ކުރުމަށް ބަޔަކާ ހަވާލުކޮށްފިއެވެ.

އިންޑިއާ ސަރުކާރުގެ އެހީގައި ގާއިމުކުރާ މި ފެކްޓްރީގެ ކޮންސްޓްރަކްޝަން މަސައްކަތް ހަނދު އިންވެސްޓްމަންޓްސްއާ ހަވާލުކޮށްފައި ވަނީ 7 މަސް ދުވަހުގެ ތެރޭގައި ނިންމުމަށެވެ.

މި މަޝްރޫއާށް 4.4 މިލިއަން ރުފިޔާ ހަރަދުވާއިރު، މަޝްރޫއުގެ ދަށުން 20 ޓަނުގެ އައިސް އުފައްދާ އައިސް ޕްލާންޓަކާއި، 30 ޓަނުގެ މަސް ރައްކާ ކުރެވޭ އައިސް ސްޓޯރޭޖެއް ގާއިމު ކުރާނެއެވެ.

މީގެއިތުރުން މަސް ކަނޑާ 10 ސްޓޭޝަނަކާއި، ޑިޖިޓަލް ސްކޭލް ބޭނުންކޮށްގެން މަސް ކިރާ ފަސް ސަރަހައްދެއްގެ އިތުރުން މަސް ޕްރޮސެސްކޮށް ބަންދުކުރާ ހަ ސްޓޭޝަނެއް މަޝްރޫއުގެ ދަށުން ހަދާނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *