ކަރަންޓް އިގްތިސޯދު ކުރުމަށް ސްޓެލްކޯއިން އިލްތިމާސްކޮށްފި

1548356916

މި ދުވަސްވަރު ހޫނު ގަދަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވާތީ ކަރަންޓް އިގްތިސޯދު ކުރުމަށް ސްޓެލްކޯއިން އިލްތިމާސްކޮށްފިއެވެ.

ސްޓެލްކޯއިން ބުނީ، މި ދުވަސްވަރު ހޫނު ގަދަވުމުން ކޮންމެހެން ބޭނުންވާ މިންވަރަށް ކަރަންޓް ބޭނުން ކުރުމަށާއި، ކަރަންޓް އިގްތިސޯދު ކުރުމަށް ހާއްސަ ސަމާލު ކަމެއް ދިނުމަށް އިލްތިމާސް ކުރާ ކަމަށެވެ.

ހާއްސަކޮށް، ފިނި ކުރުމަށް ގެންގުޅޭ އޭސީ ފަދަ އާލާތްތަށް ބޭނުން ކުރުމުގައި އިތުރަށް ސަމާލުވެ، 25 ޑިގްރީއަށްވުރެ ދަށް ނުވާނެހެން ޓެމްޕަރޭޗަރ ބެހެއްޓުމަށާއި، އިލެކްޓްރޯނިކް އާލާތްތައް ގަންނަ އިރު އިންވާޓާރ އަށް އިސްކަންދިނުމަށްވެސް ސްޓެލްކޯއިން ވަނީ އިލްތިމާސްކޮށްފައެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ، އެޕްރީލް މަހަކީ މުޅި ރާއްޖެއަށް އެންމެ ހޫނު ގަދަ ދުވަސްވަރު ކަމަށާއި، މި ދުވަސްވަރު ވައި މަޑުވުމާއި، އޭގެ ސަބަބުން ވައިގެ ތެއްކަން މަތިކޮށް ހިފެހެއްޓިފައިހުރުމުން ވައިގެ ހޫނުމިނަށްވުރެ އިހުސާސްކުރެވޭ ހޫނުމިން އެތައް ގުނައެއް އިތުރުވާނެ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *