މިއަދު އިހުސާސްކުރެވޭ ހޫނުމިން 44 ޑިގްރީން މައްޗަށް!

321911_3_bd70842e240b9bd79306097660fbae8855711236_large

ރާއްޖޭގެ ބައެއް ސަރަހައްދަށް މިއަދު އިހުސާސްކުރެވޭ ހޫނުމިން 44 ޑިގްރީ ސެލްސިއަސްއަށްވުރެ މައްޗަށް އަރާފައިވާ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން ބުނެއެވެ.

މެޓް އިން ބުނީ، މިއަދު މެންދުރު 2:00 ޖެހިއިރު ލ.ކައްދޫގައި އިހުސާސްކުރެވޭ ހޫނުމިން ހުރީ 44.3 ޑިގްރީގައި ކަމަށާއި، އެގަޑީގައި ހޫނުމިން ހުރީ 41.5 ޑިގްރީ ސެލްސިއަސްގައި ކަމަށެވެ.

މިދިޔަ އަހަރު ރާއްޖޭގައި ރާއްޖޭގައި އެންމެ ހޫނު ގަދަވި ދުވަސްވަރު އިހުސާސްކުރެވޭ ހޫނުމިން ހުރީ 43 ޑިގްރީގައެވެ.

މިއީ ރާއްޖޭގެ އެންމެ ހޫނު ގަދަ ދުވަސްވަރު ކަމަށް މެޓް އޮފީހުން ބުނެއެވެ. އަދި އެ އޮފީހުން ބުނީ، ހޫނުމިން އެންމެ މަތިވާނީ މެންދުރު 2:00 ޖަހާއިރު ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *