ހދ.ނޮޅިވަރަމުގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ

ހދ.ނޮޅިވަރަމް

ހދ.ނޮޅިވަރަމުގައި މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.

ފުލުހުން ބުނީ، ނޮޅިވަރަމުގައި "މީހަކު މަރާލައިގެން" އުޅޭކަމަށް ބުނެ މިއަދު މެންދުރު 12:30 ހާއިރު ރިޕޯޓްކޮށްފައިވާކަމަށެށެވެ.

މި މައުލޫމާތު ލިބުމާއެކު ފުލުހުން ސީންއަށް ގޮސް ހޭނެތިފައިވާ މީހަކު ފުލުހުންގެ އެހީތެރިކަމާއެކު އެރަށު ސިއްހީ މަރުކަޒަށް ގެންގޮސްފައިވާަކަމަށާއި، އެމީހާ އެރަށު ސިއްޙީ މަރުކަޒަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށް ޑޮކްޓަރުންނާއި ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ.

"މަރުވެފައި އޮއްވާ ފެނުނީ އުމުރުން 28 އަހަރުގެ ދިވެހި އަންހެނެއް" ފުލުހުން ބުނިއެވެ.

ފުލުހުން ބުނީ، މި މައްސަލައިގެ ތަހުގީގު މިހާރު ފަށާފައިވާ ކަމަށެވެ. އަދި މިކަމާ ގުޅިގެން އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.

Leave a Reply

Your email address will not be published. Required fields are marked *