ރ.އަލިފުށި އެއާޕޯޓް ޓާމިނަލްގެ ފައުންޑޭޝަން މަސައްކަތް ނިމިއްޖެ

Fuc_3AvaMAEw_23

ރ.އަލިފުށި ބިން ހިއްކުމާއި، އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން އެއާޕޯޓްގެ ޓާމިނަލް އިމާރާތުގެ ފައުންޑޭޝަން މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ބުނީ، މަޝްރޫއުގެ ދަށުން މިހާރު ކުރިޔަށްދަނީ އިމާރާތުގެ ރޫފިން މަސައްކަތް ކަމަށާއި، މަޝްރޫއުގެ މަސައްކަތް ބާރަށް ކުރިޔަށްދާ ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، 50.5 ހެކްޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމާއި، ހިއްކާ ބިމުގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށްޓަކައި 2871 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 480 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިންސް ޖެހުމާއި، ރަންވޭއެއް އެޅުމާއި، ޓެކްސީވޭ، އޭޕްރަން އަދި ސަރވިސް ރޯޑް ހެދުން ހިމެނޭ ކަމަށް އެމްޓީސީސީން ބުނެއެވެ.

މީގެއިތުރުން އެމްޓީސީސީން ބުނީ، މަޝްރޫއުގެ ދަށުން ޓާރމިނަލް ބިލްޑިންގ އަކާއި ފަޔަރ ބިލްޑިންގ އެއް އެޅުމާއި، އަލިފާންނިއްވާ އިކުއިޕްމަންޓް ބެހެއްޓުމާއި، 655 މީޓަރުގެ ސެކިއުރިޓީ ފެންސެއް ޖެހުމުގެ މަސައްކަތް ހިމެނޭ ކަމަށެވެ.

މި މަޝްރޫއަށް 426.05 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށްވެސް އެމްޓީސީސީން ބުނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *