އެފްކޮންސްގެ ޖޫރިމަނާ މައާފްކުރުމުގެ ވިސްނުމެއް ނެތް: ޝައުނާ

FuihEUTacAAfAKw

މތިލަމާލެ ބްރިޖުގެ މަސައްކަތް ކުރަމުންދަނިކޮށް ޕްލެޓްފޯމެއް ވިލިމާލެ ފަރަށް އަރައި ގެއްލުންވި މައްސަަލައިގައި އެފްކޮންސް ކުންފުނި 69.4 މިލިއަން ރުފިޔާއިން ކުރި ޖޫރިމަނާ މައާފް ކުރުމުގެ ވިސްނުމެއް ސަރުކާރުން ނުގެންގުޅޭ ކަމަށް މިނިސްޓަރ އޮފް އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގައި މިނިސްޓަރ ޝައުނާ ވިދާޅުވީ، އެފްކޮންސް އިން ޖޫރިމަނާ ކުރި މައްސަލައިގެ ލީގަލް ރިވިއުއެއް ހަދަން ވަނީ ނިންމާފައި ކަމަށާއި، އަދި ޓެކްނިކަލް ރިވިއުއެއް ހެދުމަށް މިހާރު ލަފާ ދީފައިވާ ކަމަށެވެ.

"މި ޖޫރިމަނާ މައާފު ކުރުމުގެ އެއްވެސް ވިސްނުމެއް އަޅުގަނޑުގެވެސް އަދި ސަރުކާރުގައިވެސް ނެތް ވާހަކަ ދަންނަވާލަން" ރައްުޔިތުންގެ މަޖިލީހުގައި ޝައުނާ ވިދާޅުވިއެވެ.

ފާއިތުވި ހަތަރު އަހަރު ތެރޭގައި ތިމާވެއްޓާ ބެހޭ 40 މައްސަލައެއްގައި މިލިއަނަށްވުރެ ގިނަ ރުފިޔާ އިން ޖޫރިމަނާ ކޮށްފައިވާކަން ފާހަގަކުރައްވާ މިނިސްޓަރ ޝައުނާ ވިދާޅުވީ، ޖޫރިމަނާ ފައިސާގެ ތިންބައިކުޅަ އެއްބައި ފައިސާ ދައުލަތަށް ލިބިފައިވާ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *