ޔޫތު މިނިސްޓްރީއަށް ހުޅުމާލެއިން ބިމެއް ދީފި

ec3b23de-43ce-4054-9436-0c449817022a

ސްޕޯޓްސް އެންޑް ރެކްރިއޭޝަން ޑިވެލޮޕްމަންޓަށް ޔޫތު މިނިސްޓްރީއަށް އާބަންކޯއިން ބިމެއް ހަވާލުކޮށްފިއެވެ.

މި ބިން ހަވާލުކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފެވެ. އަދި އާބަންކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އެމްޑީ އަހުމަދު އާތިފްއެވެ

ސްޕޯޓްސް އެންޑް ރިކްރިއޭޝަން ޑެވެލޮޕްމަންޓަށް ޔޫތު މިނިސްޓްރީއާ ހަވާލުކޮށްފައިވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހިން 5.4 ހެކްޓަރުގެ ބިމެއް ކަމަށް އާބަންކޯއިން ބުނެއެވެ.

ހުޅުމާލެ އަކީ އާބަން ސިޓީއެއްގެ ގޮތުގައި ތަރައްގީކުުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން އެންމެ މުހިންމު އެއްކަމެއްގެ ގޮތުގައި ކުރަމުން އަންނަ އެއް ކަމަކީ ޒުވާނުންނާ ގުޅުންހުރި ކުޅިވަރުތަކާއި، އެހެނިހެން ރިކްރިއޭޝަން ހަރަކާތްތަކަށް ހުޅުމާލޭގައި ފުރުސަތު ހޯދައިދިނުން ކަމަށް އެ ކުންފުނިން ބުނެއެވެ.

×

Leave a Reply

Your email address will not be published. Required fields are marked *