ރާއްޖޭގެ އެކްސްޕޯޓް ބޮޑުތަނުން އިތުރުވެއްޖެ

134124_3_b7726fad5e3182029204d94e2ba45728ac3d0119_large

މިދިޔަ މާޗު މަހު ރާއްޖެއިން އެކްސްޕޯޓްކުރި މިންވަރު 50 އިންސައްތަ އިތުރުވެފައިވާ ކަމަށް ކަސްޓަމްސްއިން ބުނެފިއެވެ.

ކަސްޓަމްސް އިން އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ މާޗު މަހު ރާއްޖެއިން 344 މިލިއަން ރުފިޔާ މުދާ އެކްސްޕޯޓް ކޮށްފައިވާއިރު، އެއީ މިދިޔަ އަހަރަށްވުރެ 116 މިލިއަން ރުފިޔާގެ އިތުރުވުމެއް ކަމަށެވެ.

ރާއްޖެއިން އެކްސްޕޯޓް ކުރާ މުދާ އެންމެ ގިނައިން ފޮނުވާފައި ވަނީ ތައިލޭންޑަށެވެ. އަދި އިންގްލޭންޑް، ފްރާންސް، ތުރުކީއަށްވެސް ރާއްޖެއިން ވަނީ މުދާ އެކްސްޕޯޓްކޮށްފައެވެ.

ރާއްޖެއިން އެންމެ ގިނައިން މިދިޔަ މަހު އެކްސްޕޯޓް ކޮށްފައި ވަނީ ގަނޑުކުރި ދަޅުގައި ބަންދުކޮށްފައި ހުންނަ މަހުގެ ބާވަތްތައް ކަމަށްވެސް ކަސްޓަމްސް އިން ބުނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *