ކަރަންޓް ވިއުގަ އަޕްގްރޭޑްކުރާތީ މާލޭގެ ބައެއް ސަރަޙައްދުތަކުން ކަރަންޓް ކެނޑިދާނެ!

Stelco

ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް މިއަދު ކުރަމުންދާއިރު މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ސްޓެލްކޯއިން ބުނީ، އެ ކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތައް ގަލޮޅުގެ މަޖީދީމަގާއި، ފާށަނާކިލެގެ މަގު، އަލިކިލޭގެފާނު މަގު، ސަބްދެރިޔާ މަގުގެ އިތުރުން ބޮޑުރަސްގެފާނު މަގުން މިއަދު މެންދުރު 13:00 އިން 15:00 އަށް ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

މިއާއެކު، ގަލޮޅުގެ ބޮޑުތަކުރުފާނު މަގާއި، ހަވީރީމަގާއި، ރަބީއީ ހިނގުމުގެ އިތުރުން، ކާނޭޝަން މަގުން މިއަދު މެންދުރު 13:00 އިން 15:00 އަށް ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި، އަދި ގަލޮޅުގެ އޯކިޑްމަގާއި، ފަރީދީމަގާއި، ފަނޑިޔާރުމަގާއި، މަޖީދީމަގުގެ އިތުރުން، ޗަމްޕާ މަގުން މިއަދު މެންދުރު 14:00 އިން 16:00 އަށް ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާކަމެއް ކަމަށެވެ.

މީގެއިތުރުން މާފަންނުގެ ބޮޑުތަކުރުފާނު މަގާއި، ބޮޑުފުންގަނޑު މަގާއި، މަޖީދީމަގާއި، ބުރެވި މަގުގެ އިތުރުން، ވައިޖެހޭ މަގާއި، ލަސިމޫ ގޯޅިން މިއަދު މެންދުރު 14:00 އިން 16:00 އަށް ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

ސްޓެލްކޯއިން ވަނީ ކަރަންޓް ކެނޑުމުން ދިމާވާނެ ދަތިތަކަށް މައާފަށް އެދިފައެވެ.

Leave a Reply

Your email address will not be published. Required fields are marked *