އިންފްރާސްޓްރަކްޗާގެ 221 މަސައްކަތް މިހާރުވެސް ދަނީ ހިނގަމުން – އަސްލަމް

FunkHdtacAIVKRZ

ރާއްޖޭގައި މިވަގުތުވެސް އިންފްރާސްޓްރަކްޗާގެ އެކި ކަހަލަ 221 މަސައްކަތެއް ދަނީ ކުރެވެމުން ކަމަށް  މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިފްރާސްޓްރަކްޗަރ، މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގައި އަސްލަމް ވިދާޅުވީ، ރާއްޖޭގެ އެކި ކަންކޮޅުގައި އެކި ކަހަލަ އިންފްރާސްޓްރަކްޗާގެ 221 ޕްރޮޖެކްޓެއް ހިނގަމުންދާ ކަމަށާއި، އަދި ޕްލޭންކޮށްފައި ހުރި މަސައްކަތްތަކާއެކު 541 މަސައްކަތް އެބައޮތް ކަމަށެވެ.

މަޝްރޫއުތައް ހިންގަމުން އަންނަނީ ވަކި ރަށެއް ތަފާތު ނުކޮށްކަން ފާހަގަކުރައްވާ މިނިސްޓަރ އަސްލަމް ވިދާޅުވީ، ލިބޭ ގެއްލުމުގެ ކުޑަ ބޮޑު މިނަށް ބެލުމަށްފަހު މަސައްކަތްތައް އަވަސް ކުރާނެ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *