އިމުގެ މައްސަލަ ރާއްޖެއިން ކާމިޔާބުކޮށް، ބޮޑުބައެއް ހޯދައިފި!

363616_3_1bca6ea16f6ecfaeafce00e1c09c84aca04a0f1c_large

ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށުއަރާ ސަރަހައްދު ދެ ގައުމުން ބެހުމުގެ މައްސަލާގައި ރާއްޖެއަށް ބޮޑުބައެއް ލިބޭ ގޮތަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން މައްސަލަ ނިންމައިފި އެވެ.

ރާއްޖެ އާއި މޮރިޝަސްއާ ދެމެދު އިގުތިސޯދީ ސަރަހައްދު ފުށުއަރާ ގާތްގަނޑަކަށް 95،000 އަކަކިލޯމީޓަރުގެ ސަރަހައްދެއް އޮންނައިރު، އެ ސަރަހައްދުގެ އިން މީގެ ކުރިން ވަކިކޮށްފައެއް ނުވެއެވެ. އަދި މިހާތަނަށްވެސް އިން ވަކިކުރެވިފައި ނުވަނީ އިން ވަކި ކުރަން ޖެހޭ ސަރަހައްދު ރާއްޖެ އާއި މޮރިޝަސްއަށް އެއްބަސް ނުވެވިގެންނެވެ.

ރާއްޖެ އާއި މޮރިޝަސްއާ ދެމެދު އިން ވަކިކުރަން ހިލާފުތަކެއް އުފެދިފައި ވަނީ މޮރިޝަސް އިން  ބޭސް ޕޮއިންޓް ކަނޑައަޅަން ފަށާނެ ހިސާބަކީ ތިލަ ދިޔަވަރުގައި ފެންނަން އޮތް ބްލެންހެމް ރީފް އިން ފެށިގެން ކަމަށް ބުނާތީއެވެ. މިގޮތުން ރާއްޖެއިން ވަނީ ތިލަ ދިޔަވަރުގައި ފެންނަން އޮންނަ ފަރަކުން ބޭސް ޕޮއިންޓު ކަނޑަނޭޅޭނެ ކަމަށް ބުނެ ވަކާލާތު ކޮށްފައެވެ.

މިއަދު އިޓްލޮސް އިން ރާއްޖެއިން ފާހަގަކުރި ކަންކަމަށް ތާއީދުކޮށް މައްސަލަ ނިންމާފައިވާއިރު، މޮރިޝަސްއާ ދެކޮޅަށް މައްސަލަ ނިމުމުން، ދެގައުމުގެ ފުށުއަރާ ސަރަހައްދުން ރާއްޖެއަށް ވަނީ 4،600 އަކަކިލޯމީޓަރުގެ އިތުރުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *