ޗާގޯސްގެ ސިޔާދަތީބާރު ހޯދުމުގެ ފުރުސަތު ދޫކޮށްލީ ކުރީ ސަރުކާރުން: ޝާހިދު

289529_bf01dd43-5_

ޗާގޯސްއަކީ ރާއްޖޭގެ ބައެއް ކަމަށް ރާއްޖެއިން މީގެ ކުރިން ބުނެފައިނުވާއިރު، އެކަން ކުރަން ފުރުސަތު ލިބި އެ ފުރުސަތު ދޫކޮށްލީ ކުރީ ސަރުކާރުން ކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ޝާހިދު ވިދާޅުވީ، ބައިނަލްއަގުވާމީ ކޯޓުގައި ޗާގޯސްއަކީ ރާއްޖޭގެ ތަނެއް ކަމަށް ބުނެ އަޑު އުފުލުގެ އެންމެ ފަހު ފުރުސަތު ލިބިފައި ވަނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކަމަށާއި، ނަމަވެސް އެ ފުރުސަތު ރައީސް ޔާމީންގެ ސަރުކާރުގައި ބޭނުން ކުރައްވާފައި ނުވާ ކަމަށެވެ.

ރާއްޖެއިން އެއްވެސް އިރެއްގައި ޗާގޯސްގެ މައްޗަށް ސިޔާދަތީ ބާރު ކަނޑައަޅާފައި ނުވާކަން ފާހަގަކުރައްވައި ޝާހިދު ވިދާޅުވީ، ޗާގޯސްއަކީ ރާއްޖޭގެ ބައެއްކަމަށް އެއްވެސް ޤާނޫނު އަސާސީއެއްގައި ބުނެފައި ނުވާކަމަށެވެ.

މީގެއިތުރުން މީގެކުރިން ވެރިކަން ކުރެއްވި އެއްވެސް ރައީސަކުވެސް ޗާގޯސްއަކީ ރާއްޖޭގެ ބައެއްކަމަށް ނުވަތަ ޗާގޯސް ހޯދުމަށް ވެސް ވާހަކަދެކެވިފައި ނުވާ ކަމަށާއި، ސަރުކާރާ އިދިކޮޅު ބައެއް ސިޔާސީ ފަރާތްތަކުން ޗާގޯސް މައްސަލައިގައި ހަގީގަތާ ހިލާފު ވާހަކަ ދައްކަމުންދާ ކަމަށްވެސް ޝާހިދު ވަނީ ވިދާޅުވެފައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *