ރާއްޖޭގެ ސަރަހައްދު ފުރިހަމައަށް ކަނޑައެޅިއްޖެ، މިއީ ކާމިޔާބެއް: ރައީސް

289531_942a1af8-a_

އިންޓަރނޭޝަލް ޓްރައިބިއުނަލް ފޯރ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)ގެ ނިންމުމާއެކު ރާއްޖެ ވެގެން ގޮސްފައި މިވަނީ ބައިނަލްއަޤުވާމީ ޤާނޫނުތަކާއި އެއްގޮތަށް ފުރިހަމައަށް އިންވަކިކުރެވިފައިވާ ގައުމަކަށް ކަމަށާއި، މިއީ ކާމިޔާބެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނާ ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، މީގެ ކުރިން ރާއްޖޭގެ ދެކުނުން ރާއްޖޭގެ އިން އޮތީ ވަކިނުކުރެވިކަމަށެވެ. އަދި މިއަދު ނިމިގެން ދިޔައީ، ރާއްޖެއާ މޮރިޝަސްގެ ފުށުއަރާ ސަރަހައްދާއި ގުޅޭ ގޮތުން، ބައިނަލް އަޤުވާމީ ޤާނޫނުތަކާއި އެއްގޮތަށް، ކަނޑައަޅަންޖެހޭ އިން ކަނޑައެޅުން ކަމަށެވެ. އަދި ރާއްޖެއިން 2000 ވަނަ އަހަރު ބައިވެރިވެފައިވާ މުއާހަދާ އާއި އެއްގޮތަށް އެއްވެސް ސަރަހައްދެއްގައި ޚާއްޞަ އިޤުތިޞާދީ ސަރަހައްދު ފުށުއަރާނަމަ އެސަރަހައްދެއް ބަހަންޖެހެނީ މެދުން ހަމަޔަށް ވާގޮތަށް ކަންވެސް ރައީސް ސޯލިހު ފާހަގަކުރެއްވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ، މިއަދު ރާއްޖެއަކީ ބައިނަލް އަޤުވާމީހަމަތަކާއި މިންތަކާއި އެއްގޮތަށް އިންވަކިކުރެވިފައިވާ ފުރިހަމަ ޤައުމަކަށް ބަދަލުވެގެން ދިޔުން އެއީ ދިވެހިރާއްޖެއަށާއި ދިވެހިރައްޔިތުންނަށާއި މިސަރުކާރަށް ލިބިގެން ދިޔަ ކާމިޔާބީއެއް ކަމަށެވެ.

ނޫސްވެރިންގެ މިބައްދަލުވުމުގައި ރައީސް ސޯލިހު ވަނީ، ނޫސްވެރިން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވައި އެމައްސަލައިގައި ދިވެހިރާއްޖޭން ޢަމަލުކުރި ގޮތްތަކުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ. އަދި ދިވެހިރާއްޖެއިން އެއްވެސް އިރެއްގައި ފޯޅަވަހީގެ މައްޗަށް ސިޔާދަތީ ބާރު ހޯދުމަށް މަސައްކަތްކޮށްފައި ނުވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ޗާގޯސްގެ އުތުރުން އޮތް ސަރަހައްދަކީ ހިމާޔަތް ކުރެވިފައިވާ ކަނޑުގެ ސަރަހައްދަކަށް ހެދުމަށް މޮރިޝަސްއިން ނިންމާނެކަން ހާމަކުރައްވާފައިވާ ކަމަށާ، އެހެންވުމުން ދެކުނުގެ މަސްވެރިކަމަށް އެކަމުން ފައިދާކުރާނެކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ރާއްޖެއާއި މޮރިޝަސްގެ ކަނޑުގެ ސަރަޙައްދުން ފުށުއަރާ ސަރަޙައްދުގެ އިން ވަކި ކުރުމުގެ މައްސަލާގައި އިޓްލޮސްއިން، ގޮތް ނިންމަވާފައި ވަނީ ރާއްޖޭން ފާހަގަކުރި ނުކުތާތަކަށް ތާއީދުކޮށް ރާއްޖެއަށް ފައިދާވާ ގޮތަށެވެ. އަދި މި ނިންމުމާ ގުޅިގެން، ފުށުއަރާ ސަރަހަދުން ރާއްޖެއަށް 47232 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ވަނީ ލިބިފައެވެ.

Leave a Reply

Your email address will not be published. Required fields are marked *