އަހަރު ނިމުމުގެ ކުރިން މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމުކުރެވޭނެ: ރައީސް

Fu5VvhRaYAAaKQg

މި އަހަރު ނިމުމުގެ ކުރިން މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމުކުރަން މަސައްކަތް ކުރަމުންދާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ފުލުހުންގެ އަހަރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާލުވީ، ވެރިކަމުގެ މި ދައުރުގެ ތެރޭގައި ރާއްޖޭގެ 18 ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމުކޮށް ޖުމްލަ 100 އަށް ވުރެ ގިނަ ރަށުގައި ނެއިބަހުޑް ޕޮލިސިންގެ ޚިދުމަތް އަންނަނީ ދެމުން ކަމަށެވެ.

އިތުރު 61 ރަށެއްގައި ފުލުހުންގެ މަރުކަޒުތައް ގާއިމްކުރުމަށް މިހާރުވަނީ ކޮންޓްރެކްޓްގައި ސޮއިކޮށްފައިކަން ފާހަގަކުރައްވާ ރައީސް ސޯލިހު ވިދާޅުވީ، މާތް ﷲގެ ވާގިފުޅާއެކު މަސައްކަތް ކުރަމުން އަންނަނީ މި އަހަރު ނިމުމުގެ ކުރިން މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ފެށުމަށް ކަމަށެވެ.

މީގެއިތުރުން ރައީސް ސޯލިހު ވިދާޅުވީ، ދިވެހި ފުލުހުންގެ ތާރީޚުން ފާއިތުވެގެން މިދިޔަ މުއްދަތުގެ ތެރޭގައި އެ ޚިދުމަތަށް އެކަށީގެންވާ ވަރަށް މުހިންމު ބަދަލުތަކެއް އަތުވެއްޖެ ކަމަށާއި، އެންމެ މުހިންމު އެއް ބަދަލަކީ ޢަސްކަރިއްޔާގެ ތެރެއިން ނުކުމެ، މުސްތަޤިއްލު މަދަނީ ޚިދުމަތެއްގެ ގޮތުގައި ހަމަޖެހުން ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *