5 ރަށެއްގައި 25 ޓަނުގެ އައިސްޕްލާންޓް ބަހައްޓަން ފެނަކައަށް

363772_3_c52da85701f94ce7442e6966cefa6c27543a611a_large

ފަސް ރަށެއްގައި އައިސްޕްލާންޓް ބެހެއްޓުމަށް ފިިޝަރީސް މިނިސްޓްރީން ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފިއެވެ.

ސައުދީ ފަންޑުގެ އެހީއާއެކު މި އައިސް ޕްލާންޓް ބެހެއްޓުމަށް ހަމަޖެހިފައި ވަނީ  ހއ. ދިއްދު އާއި އއ. ރަސްދު އާއި ދ. މީދު އާއި ލ. މާމެންދޫ އަދި ގދ. ރަތަފަންދޫގަައެވެ.

މި މަސައްކަތް ފެނަކައާ ހަވާލުކޮށްފައި ވަނީ 8 މަސް ދުވަހުގެ ތެރޭގައި ނިންމާ ހިދުމަތް ދިނުމަށެވެ.

މި އެއްބަސްވުމުގައި ސޮއިކުރި ރަސްމިއްޔާތުގައި ފިޝާރީސް މިނިސްޓަރ ޑރ.ހުސެއިން ރަޝީދު ހަސަން ވިދާލުވީ، ސަރުކާރުން ވެފައިވާ ވައުދުގެ ދަށުން އައިސް ޕްލާންޓްތައް ބައެއް ރަށްރަށުގައި މިހާރުވެސް ގާއިމުކުރެވިފައިވާ ކަމަށާއި، އަދި މި ފަސް ރަށާއެކު އައިސް ޕްލާންޓް ބެހެއްޓުމަށް ސަރުކާރުންވި ވައުދު ފުރިހަމަވާނެ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *