މެމްބަރ ޒަރީރަށް ހަމަލާ ދިނީ މަރުތޭލަކުން!

d889922c-f1b8-46a5-8264-b02f88168b01

ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރަށް މަރުތޭލަކުން ހަމަލާދީފިއެވެ.

"ތޭވީސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޒަރީރަށް ހަމަލާދިނީ ރޭ ފަތިހު މާލޭގެ ހަބީބީ ކެފޭ ތެރޭގައި ހުންނަވަނިކޮށް ފަސް ވަރަކަށް މީހުންގެ ގްރޫޕަކުން ކެފޭ ތެރެއަށް ވަދެއެވެ.

މެމްބަރ ޒަރީރަށް ދިން ހަމަލާގައި އޭނާގެ ބޯ ފަޅައިގެން ގޮސްފައިވާއިރު، އޭނާއަށް އޭޑީކޭ ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުންނެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، ޒަރީރަށް ރޭ ފަތިހު ނުރައްކާތެރި ހަތިޔާރެއް ގޮތުގައި ބެލެވިދާނެ އެއްޗަކުން ހަމަލާދީފައިވާ ކަމަށާއި، އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

 

Leave a Reply

Your email address will not be published. Required fields are marked *