ކޯލިޝަން ހެދުމާ ގުޅޭގޮތުން އެމްއާރްއެމް އިން އެމްޑީޕީއާ ބައްދަލުކޮށްފި

FvHEjvXakAE-JtH

ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އެމްއާރްއެމްއިން އެ ޕާޓީއާ ބައްދަލުކޮށްފިއެވެ.

މި ބައްދަލުކުރެއްވުމުގައި އެމްޑީޕީގެ ފަރާތުން އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް، އެމްޑީޕީ ޕީޖީ ލީޑަރު މުހައްމަދު އަސްލަމްގެ އިތުރުން އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިންގެ އިތުރުން އެމްޑީޕީގެ ތަރުޖަމާން އަނަސް އަބްދުލްސައްތާރު ބައިވެރިވެވަޑައިގެންނެވިއެވެ.

އެމްއާރްއެމްގެ ފަރާތުން މި ބައްދަލުކުރެއްވުމުގައި އެ ޕާޓީގެ ރައީސް ފާރިސް މައުމޫން އާއި ހަޔަރ އެޑިއުކޭޝަން މިނިސްޓަރ އިބްރާހިމް ހަސަން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އެމްއާރްއެމް އިން ބުނީ، އެމްއާރްއެމް އާއި އެމްޑީޕީގެ ކޯލިޝަން ފުރަތަމަ ބައްދަލުވުން ރޭ ބޭއްވިފައިވާ ކަމަށާއި، މި ބައްދަލުވުމުގައި އެ ޕާޓީން މައިގަނޑު ފަސް ކަމެއް ހުށަހަޅާފައިވާ ކަމަށެވެ.

އެމްއާރްމް އިން ހުށަހަޅާފައިވާ ކަންކަން:

  1. ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އަދި އިސްތިޤުލާލަށް ކިތަންމެ ކުޑަނަމަވެސް އުނިކަމެއް ނާންނާނެކަން ކަށަވަރު ކުރުމަށްޓަކައި މަޢުލޫމާތަށް އެދުން.
  2. ދިވެހި ރައްޔިތުންގެ މަސްލަޙަތާއި އެމް.އާރް.އެމްގެ އުޞޫލުތައް ނެގެހެއްޓޭ ގޮތަށް ސަރުކާރު ހިންގޭނެކަން ކަށަވަރު ކުރުން.
  3. ކޯލިޝަން އެއްބަސްވުމަށް އިޙްތިރާމުކޮށް އެއްބަސްވުމާއި އެއްގޮތަށް ދެފަރާތުން ވެސް ޢަމަލު ކުރާނެކަމުގެ ޔަޤީންކަން ދިވެހި ރައްޔިތުންނަށް ހޯދައި ދެވޭނެ ގޮތެއް ހޯދުން.
  4. ސަރުކާރުގެ ސިޔާސަތުތަކާއި ޤައުމަށް ދިމާވެފައިހުރި ބޮޑެތި ގޮންޖެހުންތައް ރިފޯމް ކުރާނެ ގޮތްތައް.
  5. ދިވެހިރާއްޖޭގެ ވެރިކަން ކުރާ ނިޒާމަކީ ރިޔާސީ ނިޒާމުގެ ގޮތުގައި ދަމަހައްޓާނެ ކަމުގެ ޔަޤީންކަން.

މީގެއިތުރުން އިތުރު ސިޔާސަތުތަކާއެކު ތަފްސީލީ މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށް ގެންދިޔުމަށް ވެސް މި ބައްދަލުވުމުގައި ނިންމާފައިވާ ކަމަށް އެމްއާރްއެމް އިން ބުނެއެވެ.

ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ އިތުރުން އެމްޑީއޭ އިން ވަނީ ނިންމާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *