ހިޔާ ފްލެޓުތަކުގައި ދިމާވާ މައްސަލަތައް ހައްލުކުރާނެ: އާބަންކޯ

278312_3_d44895bb65f405db00bcec7634952153a45e6c02_medium

ހިޔާ ފްލެޓްތަކުގައި ދިމާވާ މައްސަލަތައް ހައްލުކޮށްދެމުންދާ ކަމަށް އާބަންކޯއިން ބުނެފިއެވެ.

އާބަންކޯއިން ބުނީ، ހިޔާ މަޝްރޫއުގެ ދަށުން މިހާތަނަށް ދޫކޮށްފައިވާ ފްލެޓްތަކުގައި ދިމާވާ ފެން ލީކުވުމުގެ މައްސަލަ އާއި ފާހާނާ އަދި ބެލްކަނީގެ ސްލޯޕުގެ މައްސަލަތަކުގެ އިތުރުން ފާހާނާގެ ޑްރެއިން ބްލޮކްވުން އަދި ކަރަންޓް މައްސަލަތައް ހައްލުކޮށްދެމުންދާ ކަމަށެވެ.

ހިޔާ ފްލެޓުގެ އެއްބަސްވުމުގައިވާ ފަދައިން ފްލެޓާ ހަވާލުވާ ދުވަހުން ފެށިގެން ފްލެޓް ހުންނާނީ ގަންނަ ފަރާތުގެ ފުރިހަމަ ޒިންމާ އާއި ބެލުމުގެ ދަށުގައި ކަމަށާއި، ނަމަވެސް ހިޔާ ސަރަހައްދަކީ ބޮޑު އާބާދީއެއް ދިރިއުޅޭ ތަނަކަށްވެފައި، އެއްފަހަރާ ފެލްޓްތަކުގައި މީހުން ދިރިއުޅުމުގެ ސަބަބުން ފްލެޓްތަކަށް ދިމާވާ މައްސަލަތައް ހައްލުކޮށްދިނުމުގެ ގޮތުން އާބަންކޯ އިން ނިންމީ އެ ހިދުމަތްތައް ހިޔާގައި ދިރިއުޅޭ ރައްޔިތުންނަށް ދިގު މުއްދަތަކަށް ފޯރުކޮށްދިނުން ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

މިގޮތުން މިހާތަނަށް އާބަންކޯ އަށް ހިޔާގައި ދިރިއުޅޭ ފަރާތްތަކުން ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން ގިނަ ކަންކަން ހައްލުކޮށްދީފައިވާ ކަމަށާއި، މިފަދަ މައްސަލަތައް ހުށަހަޅާ އަދަދުވެސް މަދުވެފައިވާ ކަމަށް އާބަންކޯއިން ބުނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *