އަމީނީ މަގު އިތުރު 4 ސެގްމަންޓްގައި މި މަހު ތާރު އަޅާނެ: އާރްޑީސީ

343986_3_8f21fe52509a09db927b4fc1144865ee9fea32f4_large

އަމީނީ މަގު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން އެ މަގުގެ އިތުރު ތިން ސެގްމަންޓްގައި މި މަހު ތާރު އަޅާ ނިންމާލެވޭނެ ކަމަށް އާރްޑީސީގެ އެމްޑީ މޫސާ އަލިމަނިކު (މޫކޭ) ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން މޫކޭ ވިދާޅުވީ، އަމީނީ މަގުގެ ސެގްމަންޓް 4،5،6،7 ގައި މި މަސް ތެރޭގައި ތާރު އެޅުމަށް ހަމަޖެހިފައިވާ ކަމަށެވ.

އަމީނީ މަގުގެ މަސައްކަތުގެ ދަށުން ސެގްމަންޓް 4 ގައި ތާރު އެޅުން ފިޔަވައި އެހެން ހުރިހާ ކަމެއް ނިމިފައިވާއިރު، ސެގްމަންޓް 5،6،7 ގައި ދުވާރުގެ ޕޭވިން މަސައްކަތާއި، ސުވަރޭޖް އަދި ފެންހޮޅި ވަޅުލުމުގެ މަސައްކަތާއި، ސްޓޯމް ވޯޓަރ ގާއިމުކުރުމާއި، ކާނުތަކުގެ މަސައްކަތާއި، ކޭބަލް އެޅުމުގެ މަސައްކަތުގެ އިތުރުން މަގު ބައްތި ހަރުކުރުން ދަނީ ކުރިޔަށް ކަމަށް މޫކޭ ވަނީ ވިދާލުވެފައެވެ.

އަމީނީ މަގުގެ ހެދުމުގެ މަޝްރޫއު 13 ސެގްމަންޓަކަށް ބަހާލައިގެން ކުރިޔަށް ގެންދާއިރު، މަޝްރޫއުގެ ދަށުން މިހާތަނަށް ތާރު އެޅުމަށްފަހު ހުޅުވާލާފައި ވަނީ ސެގްމަންޓް 1،2،3 އެވެ.

މި މަޝްރޫއުގެ ދަށުން 1.79 ކިލޯމީޓަރުގެ މަގު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ހަމަޖެހިފައިވާއިރު، މަޝްރޫއަށް 84.4 މިލިއަން ރުފިޔާ ހަރަދުވާނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *