ޗާގޯސްއަކީ ރާއްޖޭގެ ތަނެއް ނޫންކަމަށް ޑރ،މުނައްވަރު އެއްބަސްވެވަޑައިގެންފި

359036_3_b0b63963f87de5aacf94683dd4fa16b8b5e2e440_large

ޗާގޯސްއަކީ ރާއްޖޭގެ ތަނެއް ނޫން ކަމަށް ކުރީގެ ބަންޑާރަނައިބު ޑރ.މުހައްމަދު މުނައްވަރު އެއްބަސްވެވަޑައިގެންެފިއެވެ.

ރާއްޖެ އާއި ޗާގޯސްއާ ދެމެދު ފުށުއަރާ ސަރަހައްދު ބެހުމަށް އިޓްލޮސްއިން ނިންމި ނިންމުމާ ގުޅޭގޮތުން މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި ޑރ.މުނައްވަރު ވިދާޅުވީ، ޗާގޯސްގެ މިލްކުވެރިކަމާ ގުޅޭ ވާހަކަ ދައްކަން ބޭނުން ނުވާ ކަމަށެވެ.

ނަމަވެސް ޑރ.މުނައްވަރު ވިދާޅުވީ، ދައުލަތަށް ޗާގޯސް ކްލެއިމް ކުރާނަމަ އެއީ ދައުލަތުގެ ކަމެއް ކަމަށާއި، އެކަން ދިވެހި ސަރުކާރުން ހިންގާނެ ކަމަށެވެ. އަދި އެއީ ރާއްޖޭގެ ތަނެއް ނޫން ކަމަށްވެސް ޑރ.މުނައްވަރު ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން ދިވެހިންގެ ތަނަކީ ދިވެހިރާއްޖެކަން ފާހަގަކުރައްވާ ޑރ.މުނައްވަރު ވިދާޅުވީ، ބަންޑާރަ ނައިބުކަމުގައި ކުރެއްވި ކަމަކީ ރާއްޖޭގެ ބޭސްލައިނުން ފެށިގެން 200 ނޯޓިކަލް މޭލަކީ ރާއްޖެ ކަމަށް ކަނޑައެޅުން ކަމަށާއި، އެކަން ކުރީ އޭނާ ބޭނުންވި ގޮތަށް ކަމަށެވެ.

ޑރ.މުނައްވަރު ވަނީ 1993 އިން ފެށިގެން 2003 ވަނަ އަހަރުގެ ނިޔަލަށް ބަންޑާރަ ނައިބުކަން ކުރައްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *