އަޕްގްރޭޑްކޮށްފައިވާ އާ އެސްއެމްއީ ޕޯޓަލްއާއެކު ލޯނަށް އެދުމަށް ހުޅުވާލައިފި

051-sdfc-960x640

އެންމެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ހޯދުމަށް އެދި ހުށަހަޅާ ޕޯޓަލް އަޕްގްރޭޑްކޮށް، ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު އެސްޑީއެފްސީން ހުޅުވާލައިފިއެވެ.

އެސްޑީއެފްސީ އިން ބުނީ، 8 ނޮވެމްބަރ 2020 ގައި ކަސްޓަމަރ ސާވިސް ޕޯޓަލް ލޯންޗް ކުރުމާއެކު މުޅިން އޮންލައިންކޮށް ލޯނަށް އެދި ހުށަހަޅާ ދިވެހިރާއްޖޭގެ ފުރަތަމަ މާލީ އިދާރާއަށް އެސްޑީއެފްސީ ވެގެންދިޔުމާއެކު، 2023 ވަނަ އަހަރުގެ މާޗު މަހުގެ ނިޔަލަށް އެ ކޯޕަރޭޝަނަށް 1،387 ލޯނު (1.67 ބިލިއަން ރުފިޔާ) އެޕްރޫވްކޮށްފައިވާ ކަމަށެވެ.

މިއަދު އާ ޕޯޓަލް ލޯންޗުކުރުމާއެކު ދަނޑުވެރި ނަފާ އަދި ކަނޑުފަޅު ނަފާ ލޯނުގެ އިތުރުން ފަށާ ވިޔަފާރި، ވިޔަފާރި ތަރައްގީ، ހަރުމުދާ، ވިޔަފާރި އެހީ އަދި ރަށުފަތުރު ލޯނުތަކަށް އެދި ހުށަހެޅޭނެ ކަމަށް އެސްޑީއެފްސީން ބުނެއެވެ.

އެސްޑީއެފްސީން ކަސްޓަމަރުންނަށް ދެމުން އަންނަ ހިދުމަތްތައް ފުޅާކޮށް، އަޕްގްރޭޑްކޮށްފައިވާ އެސްއެމްއީ ޕޯޓަލްއިން މިހާރު ލޯނަށް އެދުމުގެ ފުުރުަސަތުގެ އިތުރުން ލޯނުގެ އެކި މަރުހަލާތަކުގެ އަޕްޑޭޓް ބެލުމާއި، ޕޯޓަލް މެދުވެރިކޮށް ފަސޭހަކަމާއެކު ލޯނާ ގުޅޭގޮތުން އެކި ކަންކަމުގައި އެހީތެރިކަން ލިބޭނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

މީގެއިތުރުން އެޕޮއިންޓްމެންޓް ހަމަޖެއްސުމާއި، މައުލޫމާތު ސާފު ކުރުމާއި، އެއްތަނުން ލޯނާ ގުޅޭ ހުރިހާ ލިޔެކިޔުންތަކާއި، ކަސްޓަމަރުންގެ މައުލޫމާތު ލެހެއްޓޭނެ ކަމަށް އެސްޑީއެފްސީން ބުނެއެވެ. އަދި އެ ކޯޕަރޭޝަނުން ބުނީ، އެ ކަސްޓަމަރަކު ހިޔާރުކުރައްވަން އެންމެ އެކަށޭނެ ލޯނެއް ދެނަގަތުމަށް އެހީތެރިވެދޭ ލޯން ޕްރޮޑަކްޓް ވިޒާޑެއްވެސް ގާއިމުކޮށް، ޕޯޓަލް ނެވިގޭޝަން ފަސޭހަ ކުރުމަށް "ސާޗް" ފީޗާ ތައާރަފް ކޮށްފައިވާ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *