ގެއްލުނު ބޯޓުން ދަތުރުކުރި 6 މީހުން ސަލާމަތްކޮށްފި

FvRYOgkaQAAWjwn

މ.ސަވާރީ ބޯޓު ހޯދުމަށް ހިންގާ ސާޗް އެންޑް ރެސްކިޔު އޮޕަރޭޝަންގެ ތެރެއިން އެ ބޯޓުން ދަތުރުކުރި ހަ މީހުން އެމްއެންޑީއެފް ކޯސްޓްގާޑުން ސަލާމަތްކޮށްފިއެވެ.

އެމްއެންޑީއެފް އިން ބުނީ، މި މީހުން ފެނިފައި ވަނީ ކޯސްޓްގާޑުން ހޯދަމުންދިޔަ ސަރަހައްދު ތެރެއިން އެމްއެންޑީއެފް ޑޯނިއަރ އެއާކްރާފްޓަށް ކަމަށާއި، މި ހަ މީހުން މިހާރު ކޯސްޓްގާޑް ޝިޕް ޣާޒީއަށް ނަގާފައިވާ ކަމަށެވެ.

ބޯޓުން ދަތުރުކުރި އެންމެންގެ ހާލު ރަނގަޅު ކަމަށާއި، ނަމަވެސް ދަތުރުކުރި ބޯޓް އަޑިއަށް ގޮސްފައިވާކަމަށް އެ ބޯޓުގެ ކެޕްޓަނާ ހަވާލާދީ އެމްއެންޑީއެފް އިން ބުނެއެވެ.

ރޭ މެންދަމު 01:30 ހާއިރު މާލެއިން ފުރައިގެން ވ.ފެލިދޫއަށް ދަތުރުކުރި "އެމް ސަވާރީ" ބޯޓްގެ ޚަބަރެއް ނުވުމާއި ގުޅިގެން އެބޯޓް ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ފަށާފައި ވަނީ މިއަދު ހެނދުނު 06:30 ހާއިރު ބޯޓުގެ ހަބަރެއް ނުވެގެން ރިޕޯޓް ކުރުމާ ގުޅިގެންނެވެ.

Leave a Reply

Your email address will not be published. Required fields are marked *