ރ.ދުވާފަރު މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ނިމިއްޖެ

FvRCbiwacAAewZH

ރ.ދުވާދަރު މަގތައްު ތަރައްގީކުރުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީން ނިންމާލައިފިއެވެ.

ދުވާފަރު މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ މަޝްރޫއުގެ ދަށުން 19،797.44 އަކަ މީޓަރުގެ ދުއްވާ ސަރަހައްދެއް ގާއިމުކޮށް، 6،003.85 އަކަ މީޓަރުގެ ހިނގާ ސަރަހައްދެއް ގާއިމުކޮށް، ސާވިސް ލައިން އަޅައި، މަގުބައްތި ހަރުކުރުކޮށް، މަގުމަތީ ނިޝާން ހަރުކުރުކޮށް އަދި ފެން ހިންދާ ނިޒާމް ވަނީ ގާއިމުކޮށްފައެވެ.

ދުވާފަރުގެ މަގު ހެދުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ކުރިޔަށް ގެންދިޔައީވެސް އެމްޓީސީސީންނެވެ. އެމްޓީސީސީން ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމާފައި ވަނީ 2021 ވަނަ އަހަރެވެ.

ދުވާފަރު މަގު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތަށް 40.20 މިލިއަން ރުފިޔާ ވަނީ ހަރަދުުވެފައެވެ.

އެމްޓީސީސީން ބުނީ، މަޝްރޫއުގެ ދަށުން ދުވާފަރުގެ ހުރިހާ މަގެއްހެން ޒަމާނީ ފެންވަރަށް ތަރައްގީކޮށް ނިމިފައިވާ ކަމަށާއި، މިއާއެކު އެއްގަމު ދަތުރުފަތުރުކުރުމުގައި އާއި އެއްތަނުން އަނެއްތަނަށް މުދަލާއި ތަކެތި އުފުލުގައި ގިނަ ފަސޭހަތަކެއް ދުވާފަރު ރައްޔިތުންނާއި، ރަށަށް ޒިޔާރަތްކުރާ ރައްޔިތުންނަށް ލިބޭނެ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *