އދ.ދިގުރަށް ގޮނޑުދޮށް ހިމާޔަތްކުރުން އެމްޓީސީސީއަށް

FvRWfmvaMAYblx-

އދ.ދިގުރަށް ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ޕްލޭނިންގ މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

މިއަދު ޕްލޭނިންގ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާޏާ ފާރޫގުއެވެ، އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމްއެވެ.

މި މަޝްރޫއުގެ ދަށުން 127 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 15 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންސް ޖެހުމާއި، 429 މީޓަރުގެ ސަރަހައްދެއްގައި ޖިއޯޓިއުބް ހަރުކުރުމާއި، 13،556 މީޓަރުގެ ސަރަހައްދެއްގައި ގޮނޑުދޮށް ރީޕްލެނިޝް ކުރުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީން ބުނެއެވެ.

މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ 150 ދުވަސް ތެރޭގައި ނިންމުމަށް 11.91 މިލިއަން ރުފިޔާއަށެވެ.

Leave a Reply

Your email address will not be published. Required fields are marked *