މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ގެ އިސް މެމްބަރުންތަކެއް އެ ޕާޓީން ވަކިވުމަށް ނިންމައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެމްއާރްއެމްއަށް ނިސްބަތްވާ އިސް 11 މެމްބަރަކު ވަނީ ޕާޓީން ވަކިވުމަށް އެދި ސިޓީ ފޮނުވައި، ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް ތާއީދު ކުރައްވަން ވަނީ ނިންމަވާފައެވެ.
އެމްއާރްއެމްގެ އިން ވަކިވި އިސް މެމްބަރުންތަކުގެ ތެރޭގައި ސަރުކާރުގެ އެކި މަގާމުތަކުގައި ތިއްބަވާ މެމްބަރުން ހިމެނޭއިރު، އެ މެމްބަރުން ވަނީ ޕާޓީގައި ހުރި ކަންބޮޑުވުންތައް ސިޓީއާއެކު ހުށަހަޅާފައެވެ.
Post Views: 67