ހިޔާ ފްލެޓްގައި 2 އެޕާޓްމަންޓް އެއްކޮށްލުމުން ބޮޑު ޖޫރިމަނާއެއް

original_1668494992216

ހިޔާ ފްލެޓްތަކުގެ އިމާރާތެއްގައި ދެ އެޕާޓްމަންޓް އެއްކޮށްލައިގެން ހަަދާފައިވާތީ އެގޮތަށް އެއްކުރި ދެ ފްލެޓްގެ ވެރިން އާބަންކޯއިން ބޮޑު އަދަދަކުން ޖޫރިމަނާކޮށްފިއެވެ.

އާބަންކޯއިން ބުނީ، ހިޔާގައި ދެ އެޕާޓްމަންޓް އެއްކޮށްލައިގެން ހަދާފައިވާ ކަމުގެ މައުލޫމާތު ލިބުމާއެކު އެ ކުންފުނިން ބެލި ބެލުމުން އެއީ ކޮން އެޕާޓްމަންޓްތަކެއްކަން މިހާރު ދެނެގަނެވިފައިވާ ކަމަށާއި، އަދި އެ އެޕާޓްމަންޓްގެ އިންޓީރިއާ ހެދުމުގެ މަސައްކަތް ކުރިއިރު އެ ކޯޕަރޭޝަނުން ހެދިފައިވާ އުސޫލުތަކާ ހިލާފަށް ދެ ފަރާތުން ވަނީ ދެ އެޕާޓްމަންޓުގެ މެދު ފާރު ތަޅާލާފައި ކަމަށެވެ.

މި މައްސަލަ ބެލުމަށްފަހު ކޮންމެ އެޕާޓްމަންޓެއް އެއް ލައްކަ ރުފިޔާއިން ޖޫރިމަނާކޮށް ފަސް ދުވަސް ތެރޭގައި ފައިސާ ދެއްކުމަށް އަންގާފައިވާ ކަމަށް އާބަންކޯއިން ބުނެއެވެ.

މީގެއިތުރުން ޖުރިމަނާ ކުރެވުނު އެޕާޓްމަންޓްތަކަށް ގެނައި ބަދަލުތައް 10 ދުވަހުގެ ތެރޭގައި އިސްލާހުކޮށް ފުލެޓު ހަވާލުކުރެވުނު އިރު ހުރިގޮތަށް އިޔާދަ ކުރުމަށް އެ ފުލެޓުތަކުގެ ވެރިފަރާތްތަކަށް އަންގާފައިވާ ކަމަށްވެސް އާބަންކޯއިން ބުނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *