ރައީސުލްޖުމްހޫރިއްޔާގެ ސްކޮލާޝިޕަށް ކުރިމަތިލާން ހުޅުވާލައިފި

big_FowY3bjt90DnO2m4Nir583fTB

މިދިޔަ އަހަރު މަތީ ސަނަވީ އިމްތިހާނު ފުރިހަމަކުރި ދަރިވަރުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ ސްކޮލާޝިޕަށް ޝަރުތުހަމަވާ ދަރިވަރުން، ސްކޮލާޝިޕަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލައިފިއެވެ.

މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން ބުނީ، މި ސްކޮލާޝިޕް ލިބޭ ދަރިވަރުން ކިޔަވަން ބޭނުން ދާއިރާއަކުން ބޭނުން ޤައުމެއްގައި ފުރަތަމަ ޑިގްރީ ފުރިހަމަ ކުރުމުގެ ޙަރަދު، ސްކޮލާޝިޕާބެހޭ އުސޫލުގައިވާ ގޮތުގެ މަތީން ހަމަޖައްސައިދޭނީ ސަރުކާރުން ކަމަށެވެ.

މި ސްކޮލާޝިޕް ލިބުމުގެ ޝަރުތަކީ، "އިސްލާމް" އަދި "ދިވެހި" ހިމެނޭ ގޮތަށް 5 މާއްދާއިން A* ފާސް ހޯދާފައިވުން ނުވަތަ ޝަހާދަ ސާނިވީ އިމްތިޙަމުގައި ބައިވެރިވެ ހުރިހާ މާއްދާއަކުން A* ޚާޞިލްކޮށްފައިވުން އަދި ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.ސީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޚާނަކުން އިނގިރޭސި "ސީ" އިން ފެށިގެން މަތީ ގްރޭޑެއް ލިބިފައި އޮތުން ކަމަށް ހަޔަރ އެޑިއުކޭޝަނުން ބުނެއެވެ.

މީގެއިތުރުން ހަޔަރ އެޑިއުކޭޝަނުން ބުނީ، ސްކޮލާޝިޕަށް ޝަރުތު ފުރިހަމަވާ ދަރިވަރުން މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންގެ މައިއެޑިއު (myedu) ޕޯޓަލް މެތުވެރިކޮށް އިއުލާންގައި ބަޔާންކޮފައިވާ ލިޔެކިޔުންތަކާއި އެކު އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލާ ކަމަށާއި، އަދި މި ސްކޮލާޝިޕަށް ޝަރުތު ހަމަވާ ދަރިވަރުން 18 މަސްދުވަސްތެރޭގައި އެޕްލައިކޮށް ފުރުޞަތުގެ ބޭނުން ހިފައި ކިޔަވަން ފެށަން ޖެހޭނެ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *