ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 7 ލައްކަ ހުރަސްކޮށްފި

image_750x_5f0f5707a8605

ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ހަަތް ލައްކަ ހުރަސްކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ، އިއްޔެގެ ނިޔަލަށް ރާއްޖެއަށް ޖުމްލަ 710،645 ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފައިވާ ކަމަށާއި، މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 17.5 އިންސައްތައިގެ ކުރިއެރުމެއް ކަމަށެވެ.

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރަނީ ރަޝިއާއިންނެވެ. އަދި ދެވަނައަށް އެންމެ ގިނައިން ޒިޔާރަތްކުރަނީ އިންޑިއާ ފަތުރުވެރިންނެވެ.

ރާއްޖެއިން މި އަހަރު 1.8 މިލިއަން ފަތުރުވެރިން ގެނައުމަށް އަމާޒު ހިފާފައިވާއިރު، މިދިޔަ އަހަރު ރާއްޖެއަށް އައިސްފައިވަނީ 1.6 މިލިއަން ފަތުރުވެރިންނެވެ.

Leave a Reply

Your email address will not be published. Required fields are marked *