އިންޑިއާގެ ޓެމިލް ނާޑޫގެ ޓުޓިކޮރިން އާއި ރާއްޖެ އާ ދެމެދު ކޮންޓެއިނާ އުފުލާ ބޯޓުގެ ސީދާ ދަތުރުތައް ފަށައިފިއެވެ.
ހަފްތާއަކު ތިން ދުވަހު ކުރުމަށް ހަމަޖެހިފައިވާ މި ދަތުރުތައް ފަށްޓަވައިދެއްވީ އިންޑިއާގެ މިނިސްޓާ އޮފް ސްޓޭޓް ފޯ ޕޯޓްސް، ޝިޕިން އެންޑް ވޯޓާވޭސް ޝާންތަނޫ ޓާކޫރެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝާންތަނޫ ވިދާޅުވީ މި ހިދުމަތް ފެށުމާއެކު ރާއްޖެ އާއި އިންޑިއާ އާ ދެމެދު މުދާ އުފުލަން ސްރީލަންކާ މަގުން ކުރަމުން އައި ބާޖާއި ބަލްކު ކާގޯގެ ދަތުރުތައް ނިމުމަކަށް އަންނާނެ ކަމަށެވެ.
އިންޑިއާ އާއި ރާއްޖެ އާ ދެމެދު ދަތުރުތައް ކުރުމަށް ހަމަޖެހިފައި ވަނީ ރާއްޖޭގެ ގައުމީ ޝިޕިން ކުންފުނި އެމްއެސްއެސްގެ ބޯޓު 'އެމްއެސްއެސް ގަލީނާ، އިންނެވެ. މިއީ 680 ކޮންޓެއިނާ އުފުލޭ ބޯޓެކެވެ.
Post Views: 68