ދިވެހި ޕްރިމިއާ ލީގުގެ ޓައިޓަލް ސްޕޮންސަރަކަށް އެމްޑަބްލިއުއެސްސީ

FvlsEUVaEAUHUqG

ދިވެހި ޕްރިމިއާ ލީގުގެ ޓައިޓަލް ސްޕޮންސަރަކަށް އެމްޑަބްލިއުއެސްސީ ހަމަޖައްސައިފިއެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މި އަހަރުގެ ދިވެހި ޕްރިމިއާ ލީގުގެ ޓައިޓަލް ސްޕޮންސަރަކަށް އެމްޑަބްލިއުއެސްސީ ހަމަޖައްސާފައިވާ ކަމަށެވެ.

މީގެކުރިން ދިވެހި ޕްރިމިއާ ލީގުގެ ޓައިޓަލް ސްޕޮންސަރުކަން ކުރަމުން އައީ ދިރާގު އަދި އުރީދޫއިންނެވެ. މިއާއެކު އެމްޑަބްލިއުއެސްސީ ވެގެން ގޮސްފައި ވަނީ ޓެލްކޮމިޔުނިކޭޝަން އިންޑަސްޓްރީގެ ބޭރުން ޓައިޓަލް ސްޕޮންސާ ލިބުނު ފުރަތަމަ ކުންފުންޏަށެވެ.

އެމްޑަބްލިއުއެސްސީގެ އެމްޑީ ހަސަން ޝާހް ފުޓްބޯޅައަށް ކުރިއެރުވުމަށް ވެދެއްވާ އެހީތެރިކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *