ރަސްމީ ދަތުރުފުޅެއްގައި މިނިސްޓަރ ޝާހިދު ސާބިއަށް ވަޑައިގެންފި

FvnmxxXaIAAItGO

ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ސާބިއަށް ވަޑައިގެންފިއެވެ.

މިނިސްޓަރ ޝާހިދު ސާބިއަށް ދެ ދުވަހުގެ ރަސްމީ ދަތުފުޅަކަށް ވަޑަިއގެންފައިވާއިރު، މި ދަތުރުފުޅުގައި ރާއްޖެ އާއި ސާބިއާ ދެމެދު މުހިންމު ފަސް އެއްބަސްވުމެއްގައި ސޮއިކުރާނެއެވެ.

މީގެއިތުރުން މި ދަތުރުފުޅުގައި ސާބިއާގެ ފަސްޓް ޑެޕިއުޓީ ޕްރައިމް މިނިސްޓަރ އަދި ސާބިއާގެ ފޮރިން މިނިސްޓަރ އިވިކާ ޑަޗިޗްއާއެކު މިނިސްޓަރ ޝާހިދު ބައްދަލުކުރައްވައި، ރާއްޖެ އާއި ސާބިއާ ދެމެދު ބައިލެޓްރަލް ޑިސްކަޝަންތައް ކުރިޔަށް ގެންދާނެއެވެ.

ރާއްޖެ އާއި ސާބިއާ ދެމެދު ސޮއިކުރުމަށް ހަމަޖެހިފައި ވަނީ ވިސާއާ ގުޅޭ އެއްބަސްވުމަކާއި، ޓްރޭޑް އިންވެސްޓްމަންޓް އަދި އިކޮނޮމިކް ކޯޕަރޭޝަންގެ އެއްބަސްވުމަކާއި، އެއަރ ސާވިސަސް އެއްބަސްވުމެއްގެ އިތުރުން ޑިޕްލޮމެޓިކް އެޑިއުކޭޝަނާއި، ކުޅިވަރުގެ ދާއިރާއިގެ އެއްބަސްވުމެއްގައެވެ.

މި ދަތުރުގެ ސަބަބުން ރާއްޖެ އާއި ސާރބިއާއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެކަން ޔަގީންކުރައްވާ ކަމަށް މިނިސްޓަރ ޝާހިދު ވަނީ ވިދާޅުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *