އިލެކްޝަންސް ކޮމިޝަންގެ މެމްބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި

1483730073

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމަށް ރައީސް އޮފީހުން މިއަދު ފުރުސަތު ހުޅުވާލައިފިއެވެ.

އިލެކްޝަންސް ކޮމިޝަނަށް މެމްބަރަކު ނެގުމަށް ހުޅުވާލާފައި މިވަނީ ކޮމިޝަންގައި މިހާރު ތިއްބެވި މެންބަރުންގެ ތެރެއިން މެންބަރެއްގެ މަގާމުގެ މުއްދަތު ހަމަވާތީ، އެ ކޮމިޝަނަށް މެންބަރަކު ޢައްޔަންކުރެއްވުމަށްޓަކައި ކަމަށް ރައީސް އޮފީހުން ބުނެއެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، 2023 މޭ 17 ވަނަ ދުވަހު ހެނދުނު 08:30 އިން މެންދުރު 13:30 އަށް ކަމަށް ރައީސް އޮފީހުން ބުނެއެވެ. އަދި މި މަގާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރިސެޕްޝަނުން ލިބެން ހުންނާނެ ކަމަށްވެސް އެ އޮފީހުން ބުނެއެވެ.

މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓް www.presidency.gov.mv އިން ފޯމު ޑައުންލޯޑް ކުރެއްވޭނެ ކަމަށް އެ އޮފީހުން ބުނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *