ށ.ފޭދޫގެ ޒަމާނީ ރީތި ބަނދަުރުގެ މަސައްކަތް އެމްޓީސީސީން ނިންމާލައިފިއެވެ.
އެމްޓީސީސީން ބުނީ، މި ޝްރޫޢުގެ ދަށުނ،ް 25,456 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކޮށް، 9,000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކޮށް، 280 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށިލައި، 110 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖަހައި، 317 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށިލައ،ި 1,782 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހަދައ،ި ރޭމްޕެއް ހަދައި، މޫރިންގ ބޯއީސް ހަރުކޮށް، ނެރު ބައްތި އާއި ބަނދަރު ބައްތި ހަރުކުރުކޮށްފައިވާ ކަމަށެވެ.

މި މަޝްރޫއާއެކު ބާރުބޮޑުވެފައިވާ ފޭދޫގެ ބަނދަރަށް ޖާގައިގެ ތަނަވަސްކަން ލިބ،ި ޓީ-ޖެޓީއެއް އިތުރުވެ، ކޮޅުވެއްޓި ފަދަ އުޅަނދުތައްވެސް ކައިރިކުރެވޭނެ ފަދަ ރޭމްޕެއް ބަނދަރަށް އިތުރުވުމާއެކު އުޅަނދުފަހަރަށް ފަސޭހައިން ގާތްކޮށް ލަފާފުރުމުގައި ގިނަ ފަސޭހަތަކެއް މިހާރު ފޭދޫގެ ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.
މި މަޝްރޫއަށް 35.67 މިލިއަން ރުފިޔާ ހަރަދުވި ކަމަށްވެސް އެމްޓީސީސީން ބުނެއެވެ.