ށ.މިލަންދޫ މަގުތަކުގައި ތާރު އެޅުމަށް ބޭނުންވާ ސާމާނު އެ ރަށަށް ގެންގޮސްފައިވާ ކަމަށް އާރްޑީސީން ބުނެފިއެވެ.
އާރްޑިސީން ބުނީ، މިލަންދޫގެ މަގުތައް ހެދުމުގެ މަސައްކަތް ބާރަށް ކުރިޔަށްދާ ކަމަށާއި، އަދި މިހާރު ތާރު އެޅުމަށް ބޭނުންވާ ސާމާނު ރަށަށް ގެންދެވިފައިވާ ކަމަށެވެ.
މި މަޝްރޫއުގެ ދަށުން 8 މަގެއް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައިވާއިރު، މަޝްރޫއުގެ ދަށުން 6.15 ކިލޯމީޓަރުގެ މަގު ޒަމާނީ ފެންވަރަށް ތަރައްގީ ކުރާނެ ކަމަށް އާރްޑިސީން ބުނެއެވެ.
މި މަޝްރޫއަށް 154.6 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށްވެސް އާރްޑީސީން ބުނެއެވެ.
Post Views: 131