ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް އަޒްމޫން

364647_3_213affb6b070fa07273a24cbc6bf51a5303f2281_large

ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް އަޒްމޫން އަހުމަދު އައްޔަން ކުރައްވައިފިއެވެ.

ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފްގެ ޕާސަނަލް އެސިސްޓަންޓްގެ މަގާމުގައި ހުންނެވި އަޒްމޫން އެ މިނިސްޓްރީގެ ޑެޕިއުޓީއަކަށް އައްޔަން ކުރައްވާފައި ވަނީ މިއަދުއެވެ. އަދި ރައީސް އޮފީހުންވެސް ވަނީ މިކަން ކަށަވަރުކޮށްދެއްވާފައެވެ.

ނޫސްވެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ އަަޒްމޫން ވަނީ މީގެ ކުރިން ރާއްޖެ ޓީވީގައިވެސް މަސައްކަތް ކޮށްފައެވެ.

ޔޫތު މިނިސްޓްރީގައި މިހާރު އަޒްމޫންއާއެކު ޖުމުލަ 8 ޑެޕިއުޓީ މިނިސްޓަރުން ތިއްބަވައެވެ. އަދި ދެ ސްޓޭޓް މިނިސްޓަރުންވެސް އެ މިނިސްޓްރީގައި ތިއްބަވަ އެވެ.

Leave a Reply

Your email address will not be published. Required fields are marked *