ގދ.ތިނަދޫ މަގުތަކުގައި ތާރު އެޅުމަށް ބޭނުންވާ ސާމާނު ގެންގޮސްފި

Fv1I6O7aEAA1_af

ގދ.ތިނަދޫގައި ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުން އަންނަ މަގުތަކުގައި ތާރު އެޅުމަށް ބޭނުންވާ ސާމާނު ރަށަށް ގެންގޮސްފައިވާ ކަމަށް އާރްޑީސީން ބުނެފިއެވެ.

އާރްޑީސީން ބުނީ، ތިނަދޫގައި އަލަށް ތަރައްގީކުރާ މަގުތައް ހެދުމުގެ މަޝްރޫޢުގެ ދަށުން މިވަގުތު މަސައްކަތް ކުރަމުންދަނީ މާފަތް މަގުގެ ސައިޑް ވޯކް ކީގެ މަސައްކަތްތަކާއި ރަށްދެބައި މަގުގެ ހުރަސް ހޮޅި އެޅުމުގެ މަސައްކަތް ކަމަށެވެ.

ތިނަދޫ މަގު ހެދުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމުމަށްފަހު ދެވަނަ ފިޔަވަހީގެ މަސައްކަތް އާރްޑީސީން ކުރަމުން އަންނައިރު، ދެވަނަ ފިޔަވަހީގައި ބޮޑު 14 މަގެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން 6.5 ކިލޯ މީޓަރު މަގު ތާރު އަޅައިގެން އާރްޑީސީން ހަދާނެއެވެ. އަދި ފެން ހިންދާ ނިޒާމު ގާއިމުކޮށް، ޒަމާނީ ފެންވަރަށް މަގުތައް ތަރައްގީ ކުރާނެއެވެ.

މި މަޝްރޫއަށް 78 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުވާނެއެވެ

Leave a Reply

Your email address will not be published. Required fields are marked *