ކޭ ޕާކް މައްސަލައިގައި އާބަންކޯގެ މުވައްޒަފަކު ސަސްޕެންޑުކޮށްފި

293510_3_9e2cfb6049ee11ef63eaf6284bb594c2ac63d854_large

އޮޅުވާލައިގެން ކޭ ޕާކުގެ ފްލެޓްތައް ވިއްކި މައްސަލައިގައި އާބަންކޯގެ މުވައްޒަފަކު ސަސްޕެންޑުކޮށްފިއެވެ.

އާބަންކޯއިން ބުނީ، އެ ކޯޕަރޭޝަންގެ ޕްރޮގްރެސިވް ޑިސިޕްލްނަރީ އެކްޝަން ޕޮލިސީގެ ދަށުން, ކޭޕާރކް މައްސަލައިގެ ތަހުޤީޤު ކުރިއަށްދާ މުއްދަތުގައި, ކުރެވިފައިވާ ތުހުމަތުތަކަށް ރިޢާޔަތްކޮށް, އެ ކޯޕަރޭޝަންގެ މުވައްޒަފު އަބްދުލް ނާފިއު މުހަންމަދު 14 ދުވަހުގެ މުއްދަތަށް ވަނީ ސަސްޕެންޑް ކުރެވިފައި ކަމަށެވެ.

ފުލުހުންނާއި އާބަންކޯގެ އިންޓަރނަލް އޮޑިޓުން މި މައްސަލަ ތަހުގީގުކޮށް ނިމުމުން, އެ މުވައްޒަފަށް އިތުރަށް ފިޔަވަޅެއް އަޅަން ޖެހިއްޖެނަމަ އެ ފިޔަވަޅު އަޅާނެ ކަމަށްވެސް އާބަންކޯއިން ވަނީ ބުނެފައެވެ.

ކޭޕާކުގެ ފްލެޓްތައް އޮޅުވާލައިގެން ވިއްކި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނައިރު، މިހާތަނަށް ތިން މީހެއްގެ ޕާސްޕޯޓް ވަނީ ހިފަހައްޓާފައެވެ. އަދި ފްލެޓްތަކުގެ މައްސަލައިގައި ޝަކުވާއެއް އޮތް ނަމަ ހުށަހެޅުމަށް ފުލުހުން ވަނީ އެދިފައެވެ.

Leave a Reply

Your email address will not be published. Required fields are marked *