ރަސްމީ ދަތުރުފުޅެއްގައި މިނިސްޓަރ ޝާހިދު ހަންގޭރީއަށް

EJPWNsVXkAAg95W

ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ހަންގޭރީއަށް ވަޑައިގެންފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ، މިނިސްޓަރ ޝާހިދު ހަންގޭރީއަށް ކުރައްވާ މި ދަތުރުފުޅުގައި ހަންގޭރީގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް އެންޑް ޓްރޭޑް، ޕީޓަރ ސިއާޓޯއާ ބައްދަލުކުރައްވައި، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ ކަމަށެވެ.

މިނިސްޓަރ ޝާހިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ހަންގަރީއަށް މިކުރާ ރަސްމީ ދަތުރުގެ ސަބަބުން ދިވެހިރާއްޖެ އާއި ހަންގަރީއާ ދެމެދު އޮތް ގާތްގުޅުން އިތުރަށް ކުރިއެރުވުމަށްޓަކައި މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށާއި، މި ކަމުގެ ސަބަބުން ދެ ގައުމަށްވެސް ގިނަގުނަ ފައިދާތައް ކުރާނެ ކަމަށެވެ.

މިނިސްޓަރ ޝާހިދު ހަންގޭރީއަށް ވަޑައިގެންނެވީ ސާބިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމާލެއްވުމަށްފަހުއެވެ.

Leave a Reply

Your email address will not be published. Required fields are marked *