އައްސޭރި ޖަލަށް މަސްތުވާތަކެތި ވައްދަން އުޅުނު އޮފިސަރަކު ހައްޔަރުކޮށްފި

Asseyru-jalu

އައްސޭރި ޖަލަށް މަސްތުވާތަކެތި ވައްދަން އުޅުނު ކަރެކްޝަނުގެ އޮފިސަރަކު. ފުލުހުން ހައްޔަރުކޮށްފިއެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ވިދާޅުވީ، އިންޓެލިޖަންސްއަށް ލިބުނު މަޢުލޫމާތަކަށް ދިވެހި ފުލުހުންގެ ޚިދުމަތާ މި ސަރވިސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އައްސޭރިޖަލަށް ވައްދަން މަސައްކަތް ކުރި މަސްތުވާތަކެތި ވަނީ ކަރެކްޝަންސް އޮފިސަރަކާއެކު އަތުލައިގަނެވިފައި ކަމަށެވެ.

މަސްތުވާތަކެތި ޖަލަށް ވައްދަން އުޅުނު އޮފިސަރު ފުލުހުންގެ ބެލުމުގެ ދަށުގައި ހުރިއިރު، އޭނާ ވަޒީފާއިން ސަސްޕެންޑު ކޮށްފައި ކަމަށް އަހުމަދު މުހައްމަދު ވިދާޅުވިއެވެ. އަދި މިފަދަ ކަންކަން މަދުން ނަމަވެސް ހިނގާތީ އޭނާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *